ޓްރަމްޕް ގޮތްހުސްވަނީ!

އީރާނާއެކު އެކި ޗެނެލްތައް މެދުވެރިކޮށް މަޝްވަރާ ކުރުމަށް ޓްރަމްޕް ކުރަމުންދިޔަ މަސައްކަތަށް އީރާނުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އީރާނުން ބުނެފައިވަނީ، ދެފަހަރު އިތުބާރު ގެއްލިފައިވާތީ ޓްރަމްޕަށް ދެން އިތުބާރު ނުކުރާނެ ކަމަށެވެ.

ހަނގުރާމައިގެ ތެރެއިން ނުކުންނާނެ ރީތިގޮތެއް ހޯދުމަށް ޓްރަމްޕް ވަނީ ބޭނުންވެފައެވެ. ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި އީރާނުން އެމެރިކާ އާއެކު ސީދާ މަޝްވަރާ ކުރާކަށް ބޭނުމެއް ނުވެއެވެ. އެންމެފަހުން އީރާނުގެ ނަމުގައިވެސް ބަސްކިޔަނީ ޓްރަމްޕް އަމިއްލައަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޓްރަމްޕަށް މިހާރު އޮތީ 2 ޗޮއިސް :-

1. ޓްރަމްޕްގެ “ސުލްހައިގެ ޕްލޭން” ގެ އެއްވެސް ޝަރުތެއް ފުރިހަމަ ނުކޮށް ހަނގުރާމަ ހުއްޓާލުން، މި ހާލަތުގައި އޭނާއަށް ދުނިޔޭގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވާނެ އެވެ.

2. ހަމަނުޖެހުން އިތުރަށް ބޮޑުކޮށް، އެމެރިކާގެ ބިމުގެ ސިފައިން އީރާނަށް އަރުވައިގެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން މަސައްކަތް ކުރުން.

ޓްރަމްޕްގެ ސިޔާސަތު ހުރި ގޮތަށް ބަލާއިރު، އަދި ޕެންޓަގަން އިން މިހާރު ވަމުންދާ ތައްޔާރީތަކަށް ބުރަވާއިރު، އަޅުގަނޑަށް ޤަބޫލުކުރެވެނީ، ދެވަނަ ގޮތް ވުން ގާތް ކަމަށެވެ.
އެހެންވެއްޖެނަމަ ހަނގުރާމަ އިތުރަށް ހޫނުވެ މަދުވެގެން 6 މަސްދުވަހުގެ ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.

ކުރިއަށް އޮތް ހަފުތާ ތަކުގައި ތެލުގެ ސްޓޮކް ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ހުސްވާނެ ކަމުގެ އެލާރޓް މިހާރު ވަނީ ނެރެފައެވެ. ހަރްމޮޒް ނުހުޅުވިއްޖެނަމަ އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން ވެސް ކުރިއަށް އޮތް ދެތިން ހަފުތާތެރޭ ތެޔޮ ހުސްވާނެކަން ވަނީ ހާމަކޮށްފަ އެވެ.

ތެލުގެ ދަތިކަމާއެކު ދަތުރުފަތުރަށް ބުރޫއަރާ ދުނިޔޭގެ އެތައް ސަރަޙައްދެއްގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވާނެއެވެ. ކޮވިޑް-19 ގެ ދުވަސްވަރަށްވުރެ މުޅި ދުނިޔޭގެ ހާލަތު މާބޮޑަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ.

މިއީ އެމެރިކާގެ ރައީސް ކަމުގައި ހުރި ޓްރަމްޕްގެ މޮޔަކަމުގެ ނަތީޖާއެވެ. ހަނގުރާމަ ފަށައިފިނަމަ މިހާލަތަށް ދުނިޔެ ވެއްޓޭނެ ކަމުގެ އިންޒާރު އެތައް ބަޔަކު އައީ ދެމުންނެވެ.
އެމެރިކާ ޤަބޫލުކުރަން ބޭނުން ނުވިޔަސް ދުނިޔޭގެ އިޤްތިޞާދުގެ އެންމެ ވަރުގަދަ ކޮންޓްރޯލެއް މިހާރު އޮތް ޤައުމަކީ އީރާނެވެ. ސަބަބަކީ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައި ކަމަށްވުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.