
އިސްރާއީލުން ސިއްރުކުރަމުން ދިޔަސް އެމީހުންގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުވެފައި
️އިސްރާއީލުން މީޑިއާ ސެންސަރު ކުރަމުން ދިޔަނަމަވެސް އީރާނުން އެންމެ ފަހުން ދިން ކައުންޓަރ އެޓޭކްތަކުގައި އިސްރާއީލުން ގިނަ ބަޔަކު މަރުވެފައިވާ ކަމަށް އައިއާރުޖީސީން ރިޕޯޓްކޮށްފި އީރާނުން އިސްރާއީލާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕަސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4 ގެ 73 ވަނަ ރާޅުގައި އިސްރާއީލުގެ ދެކުނާއި އުތުރުގެ ސަރަހައްދުތަކަށް މިސައިލްތަކާއި ޑްރޯންތަކުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ފުނޑުފުނޑުވެ އަރާދު، ދިމޯނާ، އައިލާތު، ބީރްޝެބާ އަދި ކިރިޔާތު ގަޓްގެ އަސްކަރީ އަދި ސަލާމަތީ ވަސީލަތްތަކަށް ވެސް ވަނީ ހަމަލާތައް އަރާފަ އެވެ.
ފީލްޑް ރިޕޯޓްތަކުން ދައްކާ ގޮތުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އީރާނުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ލިބުނު ގެއްލުންތައް ކަވަރުކުރުން ހަނިކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ނޫސްވެރިންނާއި މަންޒަރު ފެނުނު މީހުންނަށް ޕްރެޝަރު އިތުރުކުރަމުން ކަމަށެވެ.
އިސްރާއީލުގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް އިތުރު ފްރަންޓެއް ހުޅުވާލުމުގައި ލުބުނާނުގެ ހިޒްބުالله ޖަމާޢަތުން އަދާކުރާ ދައުރަށް ވެސް އައިއާރުޖީސީން ވަނީ ތައުރީފުކޮށްފަ އެވެ.
ހަނގުރާމައިގެ މައިދާނުގެ ޑައިނަމިކްސް ވަރަށް ހަލުވިކަމާއެކު އަލުން ބައްޓަންކޮށް، އިސްރާއީލުގެ ދިފާއީ ގާބިލްކަމަށް ޕްރެޝަރު އިތުރުވަމުންދާ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.
އައިއާރުޖީސީން ނެރުނު ބަޔާނުގައި ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4 ގެ 73 ވަނަ ރާޅުގެ ތެރެއިން އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިންކަން އިއުލާންކޮށް، އަލީ އަލް ސަލީމް، އަލް މިންހާދު އަދި އަލް ދަފްރާގެ މަރުކަޒުތަކަށް އަމާޒުކޮށް ފައްތާހް، ގަދުރު އަދި އީމާދު މިސައިލް ސިސްޓަމްތަކުގެ އިތުރުން ކޮމްބަޓް ޑްރޯންތައް ބޭނުންކޮށްގެން ހަމަލާ ދީފައިވާކަމަށެވެ.



