
އީރާނަށް ފުރަތަމަ ހަމަލާ ދޭނީ އިސްރާއީލު ލައްވާ – އެމެރިކާގެ އަސްކަރީ އެޑްވައިޒަރުން
އީރާނަށް ޙަމަލާދޭން ނިންމައިފިނަމަ ފުރަތަމަ އިސްރާޢީލު ލައްވާ ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރީ އެޑްވައިޒަރުން ލަފާދީފި އެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނިންމައިފިނަމަ އެކަން ފަށަންވާނީ އިސްރާއީލް ލައްވާ ކަމަށާއި، އެމެރިކާގެ ދަޢުރަކަށް ވާންވާނީ އިސްރާޢީލަށް އެހީތެރިވެ ދިނުން ކަމަށް އެމެރިކާގެ އަސްކަރީ އެޑްވައިޒަރުން ލަފާދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
”ކުރީގެ ތަޖުރިބާގެ އަލީގައި އެމެރިކާ ވެސް އިސްރާޢީލް ވެސް ބޭނުމެއް ނުވޭ ޙަމަލާތައް ފަށާކަށް. ކޮންމެ ބަޔަކުވެސް ތިބީ އިސްވެ ޙަމަލާ ފަށާ ބަޔަކަށް އެހީތެރިވެދޭ ގޮތަށް“ އެމެރިކާގެ އަސްކަރީ އޮފިޝަލަކާ ޙަވަލާދީ ވަނީ ރިޕޯޓްކޮށްފަ އެވެ.



