
ޓްރަމްޕް ދިން އިންޒާރަށް އީރާނުން ގޮންޖަހައިފި
އަސްކަރީ ހަމަލާ ދޭނެކަމަށްބުނެ ޓްރަމްޕް ދިން އިންޒާރަށް އީރާނުން ގޮންޖަހައިފި އެވެ
އީރާނުން އަސްކަރީ ޤާބިލުކަން އިތުރުކޮށް، މިސައިލް ޕްރޮގްރާމާއި ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ ވަރުގަދަ އަސްކަރީ ހަމަލާތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށްބުނެ ޓްރަމްޕް ދިން ހަރުކަށި އިންޒާރަށް ރައްދުދީ އީރާނުން ޓްރަމްޕަށް ގޮންޖަަހައިފި އެވެ.
އީރާނުން ބުނެފައިވަނީ، ޓްރަމްޕްގެ އިންޒާރުގެ އަޑުއިވިއްޖެ ކަމަށާއި، އެފަދަ ހަމަލާއަކަށް އީރާނުން ދޭނީ އެމެރިކާ ހިތާމަކުރަންޖެހޭ ފަދަ ހަރުކަށި ޖަވާބެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑްޓްރަމްޕާއި އީރާނުގެ ލީޑަރުންނާ ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހޫނު ހަމަލާތަކާއެކު މަޝްރަޙް ވަރަށް ބޮޑަށް ހޫނުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމާމެދު މަޝްވަރާ ވެސް ނުކުރެވޭނެ ކަމަށާއި، އަސްކަރީ އެއްވެސް ހަމަލާއެއް ދީފިނަމަ މާހަރުކަށި ރައްދެއް ދޭނެކަމަށް އީރާނުގެ ރައިސް ޕެޒެންސްކިއަން ވަނީ ވައުދުވެވަޑައިގެންފަ އެވެ.




އެމެރިކާ އިސްރޭލް ޖޯހޯމް ފްރީ މިޑްލް އީސްޓް