
އިސްރާއީލުން ހަނގުރާމަ ފަށައިފިނަމަ ދުނިޔޭގެ ޗާޓުން އިސްރާއީލް ފޮހެލާނަން- އީރާން
އީރާނާ ދެކޮޅަށް އިސްރާއީލުން އެއްވެސް ހަނގުރާމައެއް ފަށާނަމަ ދުނިޔޭގެ މެޕުން އިސްރާއީލު ފޮހެލަން ތައްޔާރަށް އޮތް ކަމަށް އީރާނުން ސާފުބަހުން އިއުލާން ކޮށްފި އެވެ.
މިފަދަ ހަނގުރާމައެއް ދެން ފަށާނަމަ އީރާނުން ބަދަލުހިފުމުގެ އެންމެ ހަރުކަށި އަދަބު އިސްރާއީލަށް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އީރާނާ ދެކޮޅަށް ހަރުކަށި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަޙް އިތުރަށް ގޯސްވެ، ބަދަލު ހިފުމުގެ އިންޒާރު ތެހެރާނުން ވެސް ވަނީ ދީފަ އެވެ.



