
އެމެރިކާގެ އެކުވެރިއަކަށް ވުމަކީ ސަލާމަތް ވެވެންއޮތް ސަބަބެއް ނޫން- އީރާނުގެ ސްޕްރީމް ލީޑަރ
އެމެރިކާގެ އެކުވެރިއަކަށް ވުމަކީ ސަލާމަތް ވެވެންއޮތް ސަބަބެއް ނޫންކަމަށް ވިދާޅުވެއްޖެ އެވެ.
އީރާނުގެ ސްޕްރީމް ލީޑަރ އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ އެކުވެރިއަކަށް ވެގެން އެއްވެސް ގައުމަކަށް ސަލާމަތް ވުމަކީ ވާނެކަމެއް ނޫންކަމަށާއި، އެކަން ދުނިޔެ ދަނީ ތަޖުރިބާ ކުރަމުން ކަމަށެވެ. އެގޮތަށް ސަލާމަތް ވެވޭނެނަމަ މިއަދު އޮންނާނީ ޔޫކްރެއިން ސަލާމަތްވެފައި ކަމަށެވެ.
”އެމެރިކާއާ އެކުވެރިކަމުގެ ތެރެއިން ގައުމުތައް ސަލާމަތްވިނަމަ ޔޫކްރޭން މާކުރިން އޮންނާނީ ސަލާމަތްވެފަ” އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ ވިދާޅުވިއެވެ.
ސްޕްރީމްލީޑަރ އިތުރަށް ވިދާޅުވީ، އެމެރިކާގެ އެކުވެރިކަމުގެ ތެރެއިން ގައުމެއް ނައްތާލެވުނުނަމަ އީރާން އޮންނާނީ މީގެ އެތައް އަހަރެއް ކުރިން ނިމިގެން ގޮސް ކަމަށެވެ.



