
އިސްރާއީލުގެ އެތައްހާސް ބަޔަކު ޕޯޗގަލްގެ ރައްވެހިކަމަށްއެދި ހުށައަޅަމުންދަނީ
އިސްރާއީލު ދޫކޮށް އެތައްހާސް ބަޔަކު ޕޯޗްގަލްގެ ރައްވެހިކަން ހޯދުމަށްއެދި ހުށައަޅަމުންދާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފިއެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށައެމަށް މައްސަލަތަކެއް ކުރިމަތިވުމުން، ޓެލް އަވީވްގައި ހުންނަ ޕޯޗުގަލް އެމްބަސީ ކުރިމަތީގައި އެތައްހާސް ބަޔަކު އިއްޔެވަނީ ދިގު ސަފުތަކެއް ހަދާފައެވެ.
“ފޯމު ހުށައެޅުމަށް ހެނދުނުން ފެށިގެން އެމްބަސީ ކުރިމަތީގައި ވަނީ ދިގު ލައިންތައް ހަދާފަ. އޮންލައިން ބުކިން ސިސްޓަމްގައި މައްސަލަތަކެއްޖެހުނީ. އެޕޮއިންޓްމަންޓް ހޯދުމަށްއެދި އެމްބަސީގެ އެންޓްރެންސް އިން ފެށިގެން ބިމުގެ އަޑީގައިވާ ޕާކިން އޭރިއާ އަށް ވަނީ ލައިންތައް ހަދާފަ” ޓައިމްސް އޮފް އިސްރާއީލުން ވަނީ ބުނެފައެވެ.



