އިސްރާއީލުގެ ލިޔުންތެރިޔާ ތަމަރު ރަފައެލް އަށް މަރުގެ އިންޒާރު

ޖަރުމަނުވިލާތުގެ ފްރެންކްފަޓްގައި ކުރިއަށްދާ ފޮތް މައުރަޒުގައި ބައިވެރިވި އިސްރާއީލުގެ ލިޔުންތެރިޔާ ތަމަރު ރަފައެލްއަށް މަރުގެ އިންޒާރުތައް ތަކުރާރުކޮށް އަންނަމުންދާ ކަމަށް އޭނާ ބުނެފި އެވެ.
މިއިންޒާރުތައް ދޭންފަށާފައިވަނީ، ފްރެންކްފަރޓް ފޮތް މައުރަޒުގައި ވާހަކަދައްކަމުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޤަތުލުއާއްމެއް ކަމަށް ސިފަކޮށް އޭނާ ވާހަކަދެއްކުމާއި ގުޅިގެން ކަމަށް ވަނީ ބުނެފަ އެވެ.
ރަފައެލް މި މައުރަޒުގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް އިސްރާއީލުގެ ސަގާފަތާ ބެހޭ މިނިސްޓްރީން ހަމަޖައްސާފައިވާއިރު، މައުރަޒުގައި ރަފައެލް ޙަރަކާތްތެރިވެފައިވަނީ، ފަލަސްތީނުގެ ދިދަ ޖަހާފައިވާ ލެޕަލް ޕިނެއް ޖަހައިގެން ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
އިސްރާއީލްގެ ދުވަހުނޫސް ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަފައެލްގެ ވާހަކަތަކާއި ގުޅިގެން، ރޭޕް އާއި މަރުގެ 200 އަށްވުރެ ގިނަ އިންޒާރު މިހާތަނަށް ވަނީ ލިބިފަ އެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.