
އިސްރާއީލުން ވަގަށްނެގުމަށްފަހު ޝަހީދުކޮށްލި ގިނަ ބައެއްގެ ހަށިގަނޑުތަކުން ސްޓިޗިންގ މާރކްތައް ފެނިއްޖެ
އިސްރާއީލުން ވަގަށްނެގުމަށްފަހު ޝަހީދުކޮށްލި ގިނަ ބައެއްގެ ހަށިގަނޑުތަކުން ސްޓިޗިންގ މާރކްތައް ފެނިއްޖެ އެވެ.
ޝަހީދުންގެ ހަށިގަނޑުގެ ބައެއް ބެޗްތައް އަނބުރާ އިސްރާއީލުން ހަވާލުކޮށްފައިވާއިރު، ހަށިގަނޑުތަކުގެ ބޭރުން މޭމަތިން ފެށިގެން ބަނޑާ ހަމައަށް ސާޖިކަލް ޕްރޮސީޖަރތަކާއި ސްޓިޗިންގ މާކްސްތައް ފެނިފައިވާ ކަމަށް ޣައްޒާގެ ފޮރެންސިކް އެވިޑެންސް ޑިޕާޓްމަންޓުގެ ތަރުޖަމާނު މަޙްމޫދު އަޝޫރު ވިދާޅުވެއްޖެ އެވެ.
“މި ނިޝާންތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ގިނަ ޝައްކުތަކާއި ސުވާލުތަކެއް ވަނީ އުފެދިފަ. ހަށިގަނޑުތަކުގައި މިފަދަ ޕްރޮސީޖަރތައް ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް.” މަޙްމޫދު އަޝޫރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަށިގަނޑުތަކުން ސާފުކޮށް ފެންނަނީ އިސްރާއީލުން އިންސާނީ ހައްގުތަކާ ހިލާފު ގިނަ އަމަލުތައް ހިންގާފައިވާ ކަމުގެ ހެކިތައް ކަމަށެވެ.



