ހަރުކަށި ލިކުޑް ޕާޓީގެ ލީޑަރަކަށް ނަތަންޔާހޫ

އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ލިކުޑް ޕާޓީގެ ލީޑަރަކަށް ނަތަންޔާހޫ ހޮވިއްޖެ އެވެ.

ކަނާތުފިޔައިގެ ހަރުކަށި ލިކުޑް ޕާޓީގެ ލީޑަރަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު އަލުން އިންތިހާބުކޮށް، ކުރިއަށް އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނޮމިނޭޓް ކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލުގެ ޗެނަލް 14 އިން ބުނި ގޮތުގައި ނަތަންޔާހޫ އަލުން އިންތިހާބުވެފައިވަނީ އެ ޕާޓީގެ އިލެކްޝަން އެންޑް އޮވަރސައިޓް ކޮމިޓީން ޓެލްއަވީވްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކު އޮޓޮމެޓިކުން ހޮވަނީ އެންމެ ނަމެއް ހުށަހެޅުމުން، ވޯޓެއް ނަގަން ނުޖެހި އެވެ.

އިސްރާއީލުގެ ކުރިއަށް އޮތް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 27، 2026 ގަ އެވެ.

ނަތަންޔާހޫ ވަނީ 1996 ވަނަ އަހަރު ފުރަތަމަ ވެރިކަމާ ހަވާލުވުމަށްފަހު  އިސްރާއީލުގެ އެތައް ސަރުކާރެއް ލީޑްކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.