
އިސްރާއީލްގެ ފަތުރުވެރިކަން އިންތިހާއަށް ދަށްވެ ގިނަ ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ އިންޒާރު
ޓެރަރިސްޓް އިސްރާއީލްގެ ފަތުރުވެރިކަން އިންތިހާއަށް ދަށްވެ ގިނަ ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ އިންޒާރު ޑިރެކްޓަރ އޮފް ޓުއާ އޮޕަރޭޓަރސް، ޔޯސީ ފައްތާލް ދީފި އެވެ.
“އިސްރާއީލުގައި ވަޒީފާގެ މުހިއްމު އިންޑަސްޓްރީއެއް ކަމަށްވާ ޓޫރިޒަމްގެ އާމްދަނީ ދަށްވަމުންދާ ކަމުގެ އިންޒާރު އަޅުގަނޑުމެންދެން. އެއީ މާކެޓުގެ %15، އަދި އިސްރާއީލުގެ ޖީޑީޕީގެ %3 ހިއްސާކުރާ އިންޑަސްޓްރީ. ގިނަބައެއްގެ ވަޒީފާ ދަނީ ގެއްލެމުން”.ޔޯސީ ފައްތާލް ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ، އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޣައްޒާ ހަނގުރާމައިގެ ކުރިން އައި އަދަދަށް ފަތުރުވެރިން ގެނައުމަށް ކުރަންޖެހިފައިވާ މަސައްކަތުގެ ބުރަކަމެވެ.
އިސްރާއީލަށް 2024 ވަނައަހަރު އައި ފަތުރުވެރިންގެ އަދަދު، މިލިއަނަކަށް ދަށްވެފައިވާއިރު، އަދިވެސް ފަތުރުވެރިން އިތުރުވަމުން ނުދާކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ، އިސްރާއީލާ ދެކޮޅުވެރި ޝުޢޫރުތައް ދުނިޔޭގެ ކަންކޮޅުތަކުގައި އިތުރުވުމުގެ ސަބަބުން މާރކެޓް ރަނގަޅުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.



