
ރަހީނުންގެ ހަށިގަނޑުތައް ލިބުމާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
ރަހީނުންގެ ހަށިގަނޑުތައް ލިބުމާއެކު އިސްރޭލުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އިއުލާންކޮށްފި އެވެ.
މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް އަނބުރާ ލިބުމާއެކު ޣައްޒާ އާއި ދެކޮޅަށް އަޅާފައިވާ އާ ދަތިކުރުމުގެ ފިޔަވަޅުތައް އިސްރާއީލުން އުވާލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. ޙަމާސްއިން އިތުރު ހަތަރު ރަހީނެއްގެ ހަށިގަނޑު އަނބުރާ ދިނުމަށް ފަހު، މިއަދުގެ ވަގުތެއްގައި އިތުރު ހަތަރު ހަށިގަނޑު ހަވާލުކުރާނެކަމަށް ވަނީ ބުނެފައެވެ.
އިންސާނީ އެހީ ވެއްދުން މަދުކޮށް، ރަފާހު ބޯޑަރ ބަންދުކުރަން އިސްރާޢީލުން ނިންމީ މަރުވި 28 ރަހީނުންގެ ހަށިގަނޑު ނުލިބޭ ކަމަށް ބުނެއެވެ. ހަމާސް އިން ވަނީ މަރުވެފައިވާ ހަށިގަނޑުތައް ޣައްޒާގެ އެކިި ސަރަހައްދުތަކުގައި ހުރުމުން އެކަމަށް ވަގުތު ނަގާނެ ކަމަށް ބުނެފައެވެ.
ހަށިގަނޑުތައް ޙަވާލުކުރަން ފެށުމާއެކު ރަފާޙްގެ ބޯޑަރ ހުޅުވާ އިންސާނީއެހީ ވަނީ ވައްދަން ފަށާފައެވެ.
ޙަމާސްއިން ޙަވާލުކުރި ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތް ފޮރެންސިކް ޓީމުތަކުން ކުރަމުން އަންނައިރު، މި ޕްރޮސެސްއަށް ދެ ދުވަހުގެ މުއްދަތެއް ނަގާނެކަން ވަނީ ހާމަކޮށްފައެވެ.



