ރަހީނުން މިނިވަން ކުރަންފެށުމާއެކު ހަމާސްއިން ނެރުނު ބަޔާނުގެ ޚުލާޞާ:

އެއްބަސްވުމުގައިވާ ކަންކަމަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ސާބިތުކަމާއި، މުޖާހިދުންގެ ވަރުގަދަކަމުގެ މޭވާ، އަދި ވެވުނު އެއްބަސްވުމަށާއި، އެ އެއްބަސްވުމާ ގުޅިފައިވާ ޓައިމްލައިންތަކަށް އަޅުގަނޑުމެން ވަޢުދުވާކަން އިޢުލާން ކުރަމެވެ.

އަޅުގަނޑުމެންގެ މުޖާހިދުން އަބަދުވެސް ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކޮށް، ފުރަތަމަ ދުވަހުން ފެށިގެން އެކަން ކުރިއަށް ގެންދިޔަ ނަމަވެސް، ދުޝްމަނުން ޖެހި ގޯސް ހިސާބުތަކާއި، އެމީހުންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ބަދަލު ހިފުމަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދުޝްމަނުންގެ ޖާސޫސީ ދާއިރާގެ މޮޅުކަމާއި އަސްކަރީ ބާރު އިތުރު ނަމަވެސް، އަސްކަރީ ޕްރެޝަރުން އަސީރުން ހޯދުމަށް ނާކާމިޔާބުވެ، މިއަދު އެމީހުންގެ ގައިދީން އެހޯދުނީ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކުންނެވެ.

މީގެ އެތައް މަހެއް ކުރިން އިސްރާއީލްގެ އިސްތިއުމާރުގެ ގިނަ ގައިދީން ދިރިތިބިގެން ހޯދެން އޮތް ނަމަވެސް، އަސްކަރީ ޕްރެޝަރުގެ ސިޔާސަތުގެ ސަބަބުން އަސީރުންގެ އިތުރުން އިސްރާއީލްގެ އިތުރު ސިފައިންތަކެއް މަރުވެދިޔައީ، އެއްބަސްވުން ލަސްކުރުމާއި ގަދަކަމުން އަސީރުން ހޯދަން އުޅުމުގެ ސަބަބުންނެވެ.

ޣައްޒާގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން ވަޢުދުވަނީ، ތިޔަބޭފުޅުންގެ އަޅުވެތިކަމުގެ ޗޭނުތައް މުގުރާލުމުގައި މިނިވަންކަން ޙާޞިލުކުރެވެންދެން އަޅުގަނޑުމެން އިސްކަންދޭ ކަންކަމުގެ އެންމެ ކުރީގައި މިނިވަންކަމަށް ކުރާ މަސައްކަތް އަބަދުވއސް އޮންނާނެ ކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.