2 އަހަރުގެ ވަންދެން ކުރި ހަނގުރާމައިން އިސްރާއީލަށް ކެހި

ހުއްޓުމެއްނެތި ދެއަހަރު ކުރި ހަނގުރާމައިން އިސްރާއީލަށް ހުރިހާއެއްޗެއް ގެއްލިއްޖެ އެވެ.

އެންމެ ޒަމާނީ ހަތިޔާރާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ފުރިހަމަ އެހީތެރިކަމާއެކު، ޙަމާސް ޖަމާޢަތާ ދެކޮޅަށް ހުއްޓުމެއްނެތި ދެއަހަރު އިސްރާޢީލުން ހިންގި އަނިޔާވެރި ހަނގުރާމައިން ޙާޞިލުކުރެވުނީ ކޮންކަމެއްބާވައެވެ؟ ހަމަޔަޤީނުން ވެސް އިސްރާޢިލަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

– އިސްރާއީލުގެ ހަތްހާހަށްވުރެ ގިނަ ސިފައިން މަރުވެ، ފަންސަވީސްހާހަށްވުރެ ގިނަ ސިފައިން ޒަޚަމްވެއްޖެއެވެ. 

– ދެއަހަރުގެ ހަނގުރާމަތަކަށް 150 ބިލިއަން ޑޮލަރު ޚަރަދުވެއްޖެއެވެ. 

– ވިޔަފާރިތައް ހުއްޓި ގިނަ ކުންފުނިތަކެއް ބަނގުރޫޓް ވެއްޖެއެވެ.

– ޢަރަބިންނާއެކު އިސްރާޢީލުން ޤާއިމްކުރަން މަސައްކަތްކުރި ނޯމަލައިޒޭޝަން އިތުބާރު ގެއްލި އަލުން ފަށަންޖެހިއްޖެއެވެ.

– ފަލަސްތީނުގެ މައްސަލަ އުވާލަންކުރި މަސައްކަތް ގެއްލި ދުނިޔޭގެ އެތައް ގައުމަކުން ފަލަސްތީނު ބަލައިގެންފިއެވެ.

– އިސްރާއީލުގެ އަބުރު ބައިނަލްއަޤްވާމީ ދުނިޔޭގައި ގެއްލި، ކުރީގެ މިތުރުންނާ މޫނު ކެނޑިއްޖެއެވެ.

– އިސްރާއީލުން ފަޚްރުވެރިވި ލެޖެންޑަރީ ޝަރަފު ވެއްޔާ މޮޑެވި، ޚާރިޖީ އަދި ވިޔަފާރީގެ ގުޅުންތައް ގެއްލިއްޖެއެވެ.

– އެތައް ސަތޭކަ ޓޭންކާއި ޒަމާނީ އެތައް ހަތިޔާރެއް ގެއްލިއްޖެއެވެ.

– އިސްރާއީލުގައި ބައިބައިވުން އިތުރުވެ، ނަތަންޔާހޫގެ ސަރުކާރަށް ޔަހޫދީންގެ އިތުބާރު ގެއްލިއްޖެއެވެ.

– ވީއެއްވެސް ވަޢުދެއް ނުފުއްދި، ޣައްޒާ ހިފުމުގެ ޕްލޭން މުޅިން ގެއްލިއްޖެއެވެ.

– އިސްރާއީލުގައި އެތައް ހާސް ގެއެއް ހަލާކުވެ، އެތައް ހާސް އާއިލާއެއް ގައުމު ދޫކޮށް ހިނގައްޖެއެވެ.

– ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި އިސްރާއީލުގެ ޝަރަފު ގެއްލި، ހުޅަނގުގެ އާންމުންގެ ތާއީދު ގެއްލިއްޖެއެވެ.

– ސިޔާސީ ހަލަބޮލިކަން އިތުރުވެ، އިސްރާއީލުގެ އެތެރޭގެ ސަލާމަތާއި ހަމަޖެހުން ގެއްލިއްޖެއެވެ.

– އިސްރާއީލުގެ އަސްކަރީ ޖެނެރަލުންނާއި އެތައް އޮފިސަރުންނެއް ގެއްލިއްޖެއެވެ

– ”ނާކާމިޔާބު ލަޝްކަރެއް“ގެ ގޮތުގައި ސިއްކަޖެހި އިސްރާއީލުގެ އަސްކަރިއްޔާގެ ބާރުވެރިކަން ގެއްލިއްޖެއެވެ.

– އިސްރާއީލުން ފަޚްރުވެރިވާ ޓެކްނޮލޮޖީގެ އިތުބާރު ގެއްލިއްޖެއެވެ.

– އިސްރާއީލުގެ ޑިޓަރެންސް ކެޕޭސިޓީ މެދުއިރުމަތީގައި ގެއްލިއްޖެއެވެ.

– އިސްރާއީލުން އަރަބި ބައެއް ޤައުމުތަކާއެކު އޮތް ސިއްރު އިއްތިހާދުތަކުގެ އިތުބާރު ގެއްލިއްޖެއެވެ.

– އިސްރާއީލުގެ ސިޔާސީ މުސްތަގުބަލު މި ސަރަހައްދުން ގެއްލިއްޖެއެވެ.

– ޣައްޒާގެ މުޖާހިދުންގެ ކުރިމަތީގައި އިސްރާއީލުގެ ހިތްވަރާއި އަޒުމް ގެއްލިއްޖެއެވެ.

– އިސްރާއީލުގެ ރައްޔިތުންނާއި ދުނިޔޭގެ ލޮލުގައި އެގައުމުގެ މީޑިއާގެ އިތުބާރު ގެއްލިއްޖެއެވެ.

– އިސްރާއީލުގެ ޒުވާން ޖީލެއް ބޭކާރު ހަނގުރާމައެއްގައި ގެއްލިއްޖެއެވެ.

– ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކެތްތެރިކަމުގެ ކުރިމަތީ އިސްރާޢީލަށް ގޮތްހުސްވެ ފަހަތަށްޖެހެން މަޖުބޫރު ވެއްޖެއެވެ.

އިންސާނިއްޔަތު ކަމުން ބާކީ އޮތްހާ އެއްޗެއް އިސްރާޢިލަށް ގެއްލިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިމަގުގައި ވެސް ހުރިހާ އެއްޗެއް ގެއްލިގެންދާނެއެވެ!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.