
އަލްއަޤްސާ ތޫފާން ހަނގުރާމައިގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހަމާސް އިން ބަޔާނެއް ނެރެފި
އަލްއަޤްސާ ތޫފާން ހަނގުރާމައިގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހަމާސް އިން ބަޔާނެއް ނެރެފި އެވެ.
ވަރުގަދަ އަސްކަރީ ހަމަލާތަކެއްދީ އިސްރާއީލަށް ސިހުންގެނުވި އަސްކަރީ އޮޕަރޭޝަން “އަލްއަޤްޞާ ތޫފާން” ގެ ދެވަނަ އަހަރީ ދުވަހާއި ގުޅިގެން ހަމާސް ޖަމާޢަތުން ބަޔާނެއް ނެރެފިއެވެ.
ހަމާސްގެ ބަޔާނުގައި ބުނެފައިވަނީ، އެޖަމާޢަތުން އެންމެ އިސްކަމެއް ދޭނީ ޣައްޒާ ހަނގުރާމަ ހުއްޓާލާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
“އަޅުގަނޑުމެންގެ ޤައުމީ ހުރިހާ ޙައްޤުތަކެއް ދަމަހައްޓައި، އަޅުގަނޑުމެންގެ ރައްޔިތުންގެ މިނިވަންކަމާއި މިނިވަންކަމުގެ އުންމީދުތައް ދިފާޢުކުރުމަށް އަޅުގަނޑުމެން ވަނީ އަޒުމް ކަނޑައަޅާފައި” ހަމާސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިސްރާއީލާ ހަމާސްގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މިސްރުގެ ޝަރަމުއްޝެއިހްގައި ވަނީ ފަށާފައެވެ.