
އީރާނުން އިޒްރާއީލަށް ވަރުގަދަ އިންޒާރެއް
އީރާނަށް ހަމަލާދިނުމަށް ބަހަނާތައް ދައްކަމުންދާތީ އީރާނުން އިސްރާައީލަށް ހަރުކަށި އިންޒާރެއް ދީފި އެވެ.
“އަޅުގަނޑުމެންނާ ދެކޮޅަށް އިސްރާއީލުން އަލުން ހަނގުރާމަ ފަށައިފިނަމަ، އަޅުގަނޑުމެން މިފަހަރު ޓެލްއަވީވް މެޕުން ފޮހެލާނަން، އެއްވެސް ފަސްޖެހުމެއް ނޯންނާނެ”
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ތަރުޖަމާނު ޖެނެރަލް އަލީ މުހައްމަދު ނައީނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޔަގީނުންވެސް އާ ހަނގުރާމައެއް ހިނގައިފިނަމަ، ކުރިއަށްވުރެ މާ ވަރުގަދަ، ފަނާކުރަނިވި، އަދި މާ ސީރިއަސް ބާރާއެކު ދުޝްމަނުންނާ ކުރިމަތިލާނެ ކަމަށެވެ.
އީރާނާއި އިސްރާޢީލާ ދެމެދު ކުރެވުނު 12 ދުވަހުގެ ހަނގުރާމައަށްފަހު، ރަޝިޔާއިން ދަނީ އީރާނަށް ވަރަށް ބޮޑަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ
ރަޝިޔާގެ ވައިގެ ސިފައިންގެ އަސްކަރީ ކާގޯ މަތިންދާބޯޓުތަކުގެ ރެގިއުލަރ ދަތުރުތައް ހަތިޔާރާއެކު އީރާނަށް ޖައްސަމުންދާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ..