
ޓެރަރިސްޓް ނަތަންޔާހޫގެ ދޮގު ޚަބަރެއް
އީރާނުން ވަރަށް އަވަހަށް އެމެރިކާގެ ސިޓީތަކަށް ނިއުކްލިއަރ ހަމަލާދޭނެ ކަމަށް ދޮގުވެރި ނަތަންޔާހޫ ބުނެފި އެވެ.
“އީރާނުން ދަނީ 8،000 ކިލޯމީޓަރު ދުރުމިނަށް ދަތުތުކުރާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް އުފައްދަމުން. 3،000 އިތުރުކޮށްލުމުން އެމީހުންނަށް ނިއުޔޯކް ސިޓީ، ވޮޝިންޓަން، ބޮސްޓަން، މިއާމީއަށް ހަމަލާ ދެވޭނެ”
އެއްވެސް ހެއްކެއްނެތި ދެއްކި މިވާހަކަތަކުގައި ނަތަންޔާހޫ ބުނީ، އީރާނުގެ އަސްކަރީ ޤާބިލުކަން އިތުރުވެގެން ދިއުމަކީ، އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
“އެމެރިކާ މަރަން ގޮވާ މީހުންގެ ނިއުކްލިއަރ ހަތިޔާރުގެ ދަށުގައި ތިބެން ބޭނުމެއް ނޫން.” ނަތަންޔާހޫ ދެއްކި ސާބިތު ނުހިފޭ ވާހަކަތަކުގައި ވަނީ ބުނެފައެވެ. ނަތަންޔާހޫގެ މިފަދަ ދޮގުވާހަކަތައް އަސާސެއް ކަމުގައި ބަލައިގެން މެދުއިރުމަތީގެ އެތައް ގައުމަކަށް އިސްރާޢީލުން އަންނަނީ ހަމަލާތައް ދެމުންނެވެ.