ޓްރަމްޕްގެ ޢަމުރުތަކަށް ކިޔަމަން ނުވުމަށް ކޮލަމްބިއާގެ ރައީސް އެމެރިކާގެ ސިފައިންނަށް އިލްތިމާސްކުރައްވައިފި

ރައީސް ޓްރަމްޕްގެ ޢަމުރުތަކަށް ކިޔަމަން ނުވުމަށް ކޮލަމްބިއާގެ ރައީސް އެމެރިކާގެ ސިފައިންނަށް އިލްތިމާސްކުރައްވައިފި އެވެ.
”އެމެރިކާގެ ހުރިހާ ސިފައިންގެ އަރިހުން ވެސް އެދެން އިންސާނިއްޔަތަށް ޢަމާޒުކޮށް ބަޑި ނުޖަހަން، ޓްރަމްޕްގެ އަމުރަށް ކިޔަމަން ނުވާން، އިންސާނިއްޔަތުގެ އަމުރުތަކަށް ކިޔަމަންވާން،“ ކޮލަމްބިއާގެ ރައީސް. 
ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ބޭރުގައި އިސްރާޢީލާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ ބައިވެރިންނާ މުޚާތަބުކޮށް ދެއްވި ތަގުރީރާ ގުޅިގެން ރައީސް ޕެޓްރޯގެ ވިސާ ބާތިލްކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓްސް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
”މިއަދުގެ ވަގުތެއްގައި ކޮލަމްބިއާގެ ރައީސް ނިއުޔޯކް ސިޓީގެ މަގެއްގައި ހުރެ އެމެރިކާ ސިފައިންގެ އަމުރުތަކަށް ނުކިޔަމަންތެރިވެ އަނިޔާވެރިކަން އުފެއްދުމަށް އިލްތިމާސް ކުރެއްވި” އެކްސްގައި އެ ޑިޕާޓްމަންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ފަލަސްތީނު މިނިވަން ކުރުމަށް އިސްރާއީލާއި އެމެރިކާއާ ކުރިމަތިލާން ދުނިޔޭގެ ލަޝްކަރެއް އުފައްދަންވީ ވަގުތު އައިސްފައިވާ ކަމަށް، ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.