
ސުމުދް ގްލޯބަލް ފްލޮޓިލާއަށް އިސްރާއީލްގެ އިންޒާރެއް
ޣައްޒާގެ ބްލޮކޭޑް މުގުރާލުމަށް ދަތުރުކުރާ ސްމުދް ގްލޯބަލް ފްލޮޓިލާގެ އުޅަނދުތައް ޣައްޒާ އާ ކައިރި ނުވުމަށް އިސްރާއީލުން އިންޒާރު ދީފި އެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނީ، ފްލޮޓިލާގެ ބޯޓުތަކަށް ހަނގުރާމަ ކުރިއަށްދާ ޒޯންތަކަށް ވަނުމުގެ ހުއްދަ ވެސް އަދި ޣައްޒާާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް މުގުރާލުމުގެ ފުރުސަތު ވެސް ނުދޭނެ އެވެ.
އިސްރާޢީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބޯޓުތައް ޣައްޒާގެ ބަނދަރުގެ ބަދަލުގައި އިސްރާއީލްގެ އަޝްކަލޯންގައި ބަނދަރުކޮށް އެތަނަށް މުދާ ބާލަން ފުރުސަތު ދެވިދާނެ ކަމަށެވެ.



