މިސްރުން ޣައްޒާއަށް ޑްރޯންތަކުގައި ހަތިޔާރު އެތެރެކުރަމުންދާ ކަމަށް އިސްރާއީލުން ބުނެފި

ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭ 100 އަށްވުރެ ގިނަ ޑްރޯން މިސްރުން ހަތިޔާރު ހިފައިގެން ޣައްޒާއަށް ވަދެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އިސްރާއީލުގެ ނިއުސް ވެބްސައިޓް، ބޯލް އިން ބުނީ އެ ޑްރޯންތަކަކީ ހަމައެކަނި ސަވައިލެންސް އާއި ވަގަށް ހަތިޔާރު އެތެރެކުރުމަށް ބޭނުންކުރާ ޑްރޯންތަކެއް ނޫން ކަމަށާއި ބައެއް ހާލަތްތަކުގައި ހަމަލާ ދިނުމަށް ދަތުރުކުރާ ޑްރޯންތަކެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރިއަށް އޮތް ކުރިމަތިލުންތަކުގައި ހަމާސްއިން އެ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާތައް ދީފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވަނީ ބުނެފަ އެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން 11 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިފައިންނާއި ބޯޑަރ ގާޑުން، ޑްރޯން ސްމަގްލް ކުރުމުގެ ބައެއް އޮޕަރޭޝަންތައް ހުއްޓުވި ނަމަވެސް، ފާހަގަ ނުކުރެވި ބޯޑަރު ހުރަސްކޮށް މިގޮތަށް ވަންނަނީ ކިހާ ޑްރޯނެއްކަން ދެނެނުގަނެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.