
13 އަހަރަށްފަހު ތުރުކީއާއި މިސްރު ގުޅިގެން އަސްކަރީ ފަރިތަކުރުންތައް އަލުން ފަށައިފި
13 އަހަރުގެ މެދުކެނޑުމަކަށްފަހު ތުރުކީ އާއި މިސްރު ގުޅިގެން އަސްކަރީ ފަރިތަކުރުންތައް އަލުން ފަށައިފި އެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދެގައުމުގެ ކަނޑާއި ވައިގެ އަސްކަރީ ފައުޖުތައް މިފަރިތަކުރުންރަކުގައި ބައިވެރިވާނެ އެވެ.
ސެޕްޓެމްބަރު 26 ގެ ނިޔަލަށް މިފަރިތަކުރުންތައް ކުރިއަށްދާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.
އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށް ދެގައުމުގެ ދެމެދުގައި ވަނީ އާ ސްޓްރެޓެޖިކް އެއްބަސްވުންތަކެއް ވެސް އެކަލަވާލާފަ އެވެ.



