
ޣައްޒާގެ ޙާލަތު އިތުރަށް ގޯސް ވެއްޖެ
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާއްމު އިތުރަށް ގޯސްވެއްޖެކަމަށް ޣައްޒާގެ ފޮރިން މިނިސްޓްރީހާމަ ކޮށްފި އެވެ.
ޣައްޒާ މުޅިން ހުސްކޮށްލުމަށް އިސްރާއީލުން ފަށާފައިވާ ޤަތުލު އާއްމުގެ އެންމެ ފަހު ބައި އެއްގަމުމަގުން ފެށިކަން އިއްޔެ އިއުލާންކޮށްފައިވާއިރު، ޣައްޒާގެ މިލިއަނަކަށްވުރެ ގިނަ މީހުން ތޮއްޖެހިފައިވާ ކުޑަ ސަރަހައްދަކަށް ޒަޔަނިސްޓް ސިފައިން އެއްގަމާއި ވައިގެ މަގުން މެދު ނުކެނޑި ދެމުންދާ ހަމަލާތަކުން ސަލާމަތްވެވޭނެ އެއްވެސްގޮތެއް ނެތްކަމަށް ޣައްޒާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގަ ވަނީ ބުނެފަ އެވެ.
“ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ޤަތުލުއާންމުތައް އިތުރަށް ގޯސްވެ، ގެދޮރު ގެއްލި މަގުމަތިވެފައިވާ އެތައް ހާސް އާއިލާއެއްގެ ތެރެއަށް ސީދާ އަމާޒުކޮށް ޒަޔަނިސްޓް ސިފައިން ދަނީ ހަމަލާތައްދީ، ތުއްތު ކުއްޖެއް، އަންހެނެއް މުސްކުޅިއެއް ބެލުމެއްނެތި އެންމެން ޝަހީދު ކުރަމުން”
ޣައްޒާގެ މިވަގުތުގެ ޙާލަތު ނުރައްކާ ވެފައިވާ މިންވަރު ފޮރިން މިނިސްޓްރީގެ ބަޔާނުގަވަނީހާމަކޮށްފަ އެވެ.
ރަހީނުން ބަދަލުކުރުމާއި އިންސާނީ އެހީ ލިބޭނެ ގޮތް ކަށަވަރުކޮށްދޭ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުން ފެށި ގްރައުންޑް އޮޕަރޭޝަނުން ހާމަކޮށްދެނީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުން ނުވުންކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ވަގުތު ފާއިތުވުމުގެ ކުރިން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހުގެ ޒިންމާ އަދާކުރުމަށް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.



