
އިސްރާއީލުން ބޮންއަޅާ ޣައްޒާގެ ފަސް އާއިލާއެއް ޝަހީދު ކޮށްލައިފި
ޣައްޒާ ސިޓީގެ އަލް ދަރާޖް ސަރަހައްދުގައި މީހުން ނިދާފައި ތިއްބާ ޒަޔަނިސްޓް ސިފައިން ބޮންއަޅާ 5 އާއިލާއެއްގެ އެންމެން ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ އަލް ދަރާޖްގެ ރެސިޑެންޝަލް ބްލޮކަށް ދިން މިހަމަލާ އާއިއެކު، ތާހާ، މަސްއޫދު، ސަވާފިރީ، ހަންޖޫރީ، އަދި ސަޤައްލާ މި ފަސް އާއިލާގެ އެންމެން ދިރިއުޅެމުންދިޔަ ގެތައް ވަނީ އެމީހުންގެ ބޯމައްޗަށް ވައްޓާލާފަ އެވެ.
ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ގެއްލިގެން ވަނީ ރިޕޯޓްކޮށްފައިވެ އެވެ. މިހާތަނަށް 18 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، ޣައްޒާގެ ސިވިލްޑިފެންސްގެ ސަލާމަތީ އޮޕަރޭޝަންތައް އަދިވެސް ކުރިއަށް އެބަދެ އެވެ.



