
ހުސްވާހަކަތަކަކަށް ފަހު ޢަރަބި އިސްލާމީ ސަމިޓް ނިމިއްޖެ: އިސްރާއީލްގެ މީޑިއާތައް
ދޯހާގައި ކުރިއަށްދިޔަ ޢަރަބި އިސްލާމީ ޤައުމުތަކުގެ އިމަޖެންސީ ސަމިޓްގައި އިސްރާއީލާ ދެކޮޅަށް ޢަމަލީ އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި، އިސްރާއީލުން ޤަތަރަށް ދިން ހަމަލާތައް ކުށްވެރި ކުރުމާއެކު ނިމިއްޖެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފި އެވެ.
އިސްރާއީލާ ކުރިމަތިލެވޭ ފަދަ ޤާބިލުކަމެއް ނެތްކަން މިއަދު ހާމަވެގެން ހިނގައްޖެކަމަށްބުނެ، އިސްރާއީލުގެ މީޑިއާތަކުން ވަނީ ސަމިޓްގެ ބައިވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
“އެހެންޏާ ވެސް ފެންނަ ގޮތަށް ގަތަރުގައި ބޭއްވި އިސްލާމިކް ސަމިޓް ވެސް ނިމުނީ ހުސް ތަގުރީރުތަކާއި އިސްރާއީލު ކުށްވެރި ކުރުމުންނެވެ”
އިސްރާއީލުގެ މީޑިއާތަކުން ސިފަކޮށްފައިވެ އެވެ.



