ދޯހާ ސަމިޓުން ކިހާވަރެއްގެ ނަތީޖާއެއް ނެރެވިދާނެބާ؟

 

އިސްރާއީލުން ގަތަރަށް ދިން ހަމަލާއަށް ރައްދު ދިނުމަށް އަރަބި އަދި މުސްލިމް ދުނިޔޭގެ މަންދޫބުން ދޯހާއަށް ތިބީ ޖަމާވެފައެވެ. މީގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މެމްބަރު 57 ގައުމު ހިމެނެއެވެ. އެއީ އޭޝިއާގެ 27 ގައުމަކާއި، އެފްރިކާގެ 27 ގައުމު އަދި ސައުތު އެމެރިކާގެ 2 ގައުމާއި ޔޫރަޕްގެ 1 ގައުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1969 ވަނަ އަހަރު އުފެދުނު މިޖަމާޢަތަކީ މިއަދު ދުނިޔޭގެ އާބާދީގެ 26 އިންސައްތަ އެވެ. އިޤްތިޞާދީ ގޮތުން ބާރުގަދަ ހިމެނެނީ މަދު ގައުމެއް ކަމުގައިވާތީ، މި 57 ގައުމަށް ބަލާނަމަ މިއީ ދުނިޔޭގެ ޖީޑީޕީގެ އެންމެ 8 އިންސައްތަ އެވެ.

އެހެންކަމުން ސުވާލަކީ މިހާރު ކުރިއަށްދާ ދޯހާ ސަމިޓުން އިސްރާޢީލާ ދެކޮޅަށް ނިންމާނީ ކިހާ ބުރަދަން ހުރި ނިންމުމެއް ބާވަ އެވެ؟

މިފަހަރުވެސް ނިމިގެންދާނީ އިސްރާޢީލުގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްލާ ސަމިޓަކަށް ބާވައެވެ؟ ނުވަތަ ލީބިޔާގެ ލީޑަރު މަރްހޫމް މުއައްމަރު އަލް ޤައްޒާފީ ވިދާޅުވެފައިވާ ފަދައިން ޖޫސް ބޯން ބާއްވާ ސަމިޓަކަށް ބާވަ އެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.