
ފަލަސްތީނު މައްސަލައިގަ ދުނިޔޭގެ ނިންމުން ފަލަސްތީނާ އެއްކޮޅަށް
ފަލަސްތީނު މައްސަލަ ހައްލުކުރުމަށް ފަލަސްތީނާއި އިސްރާޢީލަށް މިނިވަން ދެ ދަޢުލަތެއްގެ ދަރަޖަ ދިނުމަށް އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފި އެވެ.
ކުރިން ފަލަސްތީނު މައްސަލާގަ އިސްރާޢީލާ އެއްކޮޅަށް ބުރަވެ ވޯޓްދޭ ޔޫރަޕްގެ ގިނަ ގައުމު ތަކެއްގެ ތާޢީދު މިފަހަރު ފަލަސްތީނާ އެއްކޮޅަށް ލިބިގެންދިޔަ މިވޯޓަކީ މިހާތަނަށް ފަލަސްތީނުގެ މައްސަލާގައި އދ. މަޖިލީހުން ނިންމި އެންމެ ތާރީޚީ ނިންމުމުގެ ގޮތުގަ މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ.
އދ މަޖިލީހުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ފަލަސްތީނަށް މިނިވަން ދަޢުލަތެއްގެ ދަރަޖަ ނުދޭނެ ކަމަށާއި، ފަލަސްތީނުގެ މުޅި ބިމަކީ އިސްރާޢީލު ކަމަށް އިސްރާޢީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ބުނެފަ އެވެ.