
ޣައްޒާ ޤަތުލުއާއްމުގައި މިހާތަނަށް 680،000 އަށްވުރެ ގިނަ މީހުން ޝަހީދު
ޣައްޒާ ޤަތުލުއާއްމުގައި މިހާތަނަށް 680،000 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގައި އިސްރާއީލުން ޤަތުލުއާއްމު ފެށިފަހުން މިހިނގާ ސެޕްޓެމްބަރު 3 ވަނަ ދުވަހާ ހަމައަށް ޣައްޒާއިން ހަލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ މީހުން ޝަހީދު ވެފައިވާނެ ކަމަށް، ދުނިޔޭގެ މަޝްހޫރު ދެ ޕްރޮފެސަރުން ކަމަށްވާ، ޑރ ގިޑިއަން ޕޮލްޔާ އާއި، ޕްރޮފެސަރ ރިޗަޑް ހިލް ހާމަކުރައްވައިފި އެވެ.
ޣައްޒާގެ ޙާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް ތަފާސް ހިސާބުތައް އެއްކުރަމުންދާ މަޝްހޫރު ދެ ޕްރޮފެސަރުން މި ހާމަކުރި މައުލޫމާތުތަކާއި ގުޅިގެން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިމަޢުލޫމާތުން ހާމަވާ ގޮތުގައި ޝަހީދުވި މީހުންގެ ތެރެއިން ތިންލައްކަ އަށްޑިހަހާސް ހިމެނެނީ ޢުމުރުން 5 އަހަރުން ދަށުގެ ތުއްތު ކުދިން.ނެވެ.
ޣައްޒާ މުޅިން ހިފާނެކަން އިސްރާއީލުން އިއުލާންކުރި ފަހުން ދޭންފެށި ޙަމަލާތަކުގަ ޝަހީދުވާ މީހުން އިންތިހާއަށް އިތުރުވެފައިވާކަން ޣައްޒާގެ ލޯކަލް މަސްދަރުތަކުން ވެސް ވަނީ ހާމަކޮށްފައެވެ.