
އިސްރާޢީލުން އެއްދުވަސްތެރޭ 25 ނޫސްވެރިން ޝަހީދުކޮށްލައިފި
ސެޕްޓެމްބަރު 10 ވަނަ ދުވަހު ޒަޔަނިސްޓް އިސްރާއީލުން ޔަމަނުގެ ސަނާއަށް ދިން ބިރުވެރި ޙަމަލާތަކުގައި 25 ނޫސްވެރިން މަރުވެފައިވާ ކަމަށް ޔަމަނުން ބުނެފި އެވެ.
މީޑިއާގެ ދެ އޮފީހަކަށް ސީދާ އަމާޒުކޮށް ޙަމަލާ ދީފައިވާއިރު، މިއީ މިހާތަނަށް ނޫސްވެރިންނަށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގެ ގޮތުގައި ބައިނަލްއަޤްވާމީ މީޑިއާތަކުން ވެސް ވަނީ ސިފަކޮށްފަ އެވެ.
ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް މަރުވެފައިވާ 46 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ. ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 150 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.