އެމީހުން އެދުވަހު އުފާކޮށް ނަށާހެދީ ކީއްވެ؟

މެދުއިރުމަތީގެ ނަސްލުގެ މީހުން ކަމަށް ފުރަތަމަ ސިފަކުރެވުނު އިސްރާއީލުގެ 5 މީހުންގެ ގްރޫޕެއް އެމެރިކާގެ ނިއު ޖާޒީގެ ފުރާޅެއްގެ މަތީގައި ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހުގެ ހެނދުނު ފެނިފައިވެ އެވެ.

މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުން ވޯލްޑް ޓްރޭޑް ސެންޓަރު ވެއްޓުނު މަންޒަރު ބަލަމުން ދިޔައިރު، ނަށާ އުފާފާޅުކޮށް ހެދި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަހުން ހާމަވި ގޮތުގައި ގަވާއިދާ ހިލާފަށް އެމެރިކާގައި ތިބި މި ފަރާތްތަކަކީ، ބޭރުގެ ޖާސޫސީ ހަރަކާތްތަކުގެ ފްރަންޓެއްގެ ގޮތުގައި އެމެރިކާގައި ހިންގާ ކަމަށް ޝައްކު ކުރެވުނު ކުންފުންޏެއް ކަމަށްވާ އާބަން މޫވިން ސިސްޓަމްސްގައި ވަޒީފާ އަދާކުރަމުން އައި ބައެކެވެ.

ފެޑެރަލް އޮތޯރިޓީތައް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެމީހުން ބަންދުކޮށް ބެލިބެލުމުން، ޓްވިންޓަވަރު ގޮއްވާލުމުގެ ކުރިންނާއި ހަމަލާ ދިން ދުވަހު ވެސް ޓްވިން ޓަވަރު ކައިރީގައި ޝައްކު އުފެދޭ ފަދަ ގޮތްގޮތަށް ނަގާފައިވާ ފޮޓޯތަކެއް ފެނިގެން ދިޔަ އެވެ.

އެމީހުން ދުއްވާ އުޅަނދުގެ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި، ވޯލްޑް ޓްރޭޑް ސެންޓަރުގެ ސައިޓުގެ ޑައިގްރާމްތަކާއި، ގިނަ އަދަދެއްގެ ފައިސާއާއި، ގޮވާތަކެތީގެ ޓްރޭސް ނަންބަރުތަކެއް ހިމެނެ އެވެ.

މިމީހުން 71 ދުވަސް ވަންދެން އެމެރިކާގައި ބަންދުކޮށްފައި ބޭތިއްބުމަށްފަހު ވަނީ އިސްރާއީލަށް ފޮނުވާލާފަ އެވެ.

*ދަ ފޯވާޑް* (2002) ގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން މަދުވެގެން ދެ މީހުންނަކީ، މޮސާޑާ ގުޅުން އޮންނަ މީހުން ކަމަށާއި، އޭގެތެރެއިން އެކަކުގެ އަތުގައި އިސްރާއީލުގެ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ވެސް އޮތް ކަމަށެވެ.

ފޮކްސް ނިއުސް (2003) އިން އިތުރަށް ރިޕޯޓްކުރި ގޮތުގައި 9/11 ގެ ފަހުން 60 އަށް ވުރެ ގިނަ އިސްރާއީލު މީހުން އެމެރިކާގައި ބަންދުކޮށްފައިވާއިރު، އޭގެތެރެއިން ގިނައީ އަސްކަރީ އަދި ޖާސޫސީ ދާއިރާ އާއި، ސަރވޭލަންސް ނުވަތަ ގޮވާތަކެތީގެ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކެވެ.

އިސްރާއީލުގެ އިސް އޮފިޝަލުން ކަމަށްވާ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި މޮސާޑްގެ ކުރީގެ ޑިރެކްޓަރު އެފްރައިމް ހެލެވީ ފަހުން ފާހަގަކުރެއްވި ގޮތުގައި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހާދިސާތަކުން އިސްރާއީލަށް ވަނީ ”ފައިދާ“ ލިބިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.