އީރާނުން އިސްރާއީލާއެކު އިތުރު ހަނގުރާމަ އަކަށް ތައްޔާރު- ޗީފް މޭޖަރ ޖެނެރަލް އަމީރު

އީރާނުން އިސްރާއީލާއެކު އިތުރު ހަނގުރާމަ އަކަށް ތައްޔާރުކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާން ސިފައިންގެ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް އަމީރު ހަތަމީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ އިސްފާހާން، ތަބްރީޒް، އަދި ހަމްދާންގައި ހުންނަ އީރާނުގެ ސިފައިންގެ ޔުނިޓްތަކުގެ އިންސްޕެކްޝަން ދަތުރެއްގައި ވަޑައިގެން ހަތަމީ ވިދާޅުވީ، ނޭޓޯގެ އެހީތެރިކަން ހިމެނޭ ގޮތަށް ހުޅަނގުގެ އަސްކަރީ އަދި ޓެކްނޮލޮޖީގެ އެހީތެރިކަން އެންމެ މަތީ ދަރަޖައަށް ލިބުނު ނަމަވެސް އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމަ ނިމުނީ އިސްރާއީލަށް ބޮޑު ނާކާމިޔާބީއަކާއެކު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލަން މަސައްކަތް ކުރި ނަމަވެސް، އީރާނުގެ ގައުމީ ދިފާއީ ހުރިހާ ގޮފިތަކެއްގެ  ބިމާއި އަދި ވައިގެ ދިފާއީ ބާރުތަކުން ރިވޮލިއުޝަނަރީ ގާޑާއި އާންމު ރައްޔިތުންނާއެކު މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

“ނިއުކްލިއާ ޕްރޮގްރާމް ގަދަބާރުން ނައްތާ ނުލެވޭނެ. މިޕްރޮގްރާމް ދިފާޢުކުރުމުގެ ގާބިލްކަން އެބަހުރި” ހަތަމީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.