
އެމެރިކާގެ ޚިޔާލެއް ހަމާސް އަށް
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އަމާޒުކޮށްގެން އެމެރިކާއިން ޚިޔާލުތަކެއް ލިބިއްޖެ ކަމަށް ހަމާސްއިން ބުނެފިއެވެ.
ޣައްޒާގައި ގާތްގަނޑަކަށް ދެ އަހަރާ ގާތްވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވެދޭނެ ޚިޔާލުތަކެއް އެމެރިކާއިން ލިބިފައިވާ ކަމަށާއި، ރަނގަޅު ކޮންމެ ކަމަކަށް ވެސް އެ ޖަމާއަތުން މަރުހަބާ ކިޔާނެކަމަށް ވަނީ ބުނެފަ އެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިޑިއޭޓަރުން މެދުވެރިކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ފަރާތުން ބައެއް ޚިޔާލުތައް ލިބިފައިވާ ކަމަށެވެ.
ހަމާސް އިން އިތުރަށް ބުނެފައިވަނީ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ހުއްޓުވުމަށް ކުރާ މަސައްކަތަށް ބާރުލިބޭނެ ކޮންމެ ފިޔަވަޅަކަށްހަމާސް އިން މަރުޙަބާ ކިޔާކަމަށެވެ.
ހަނގުރާމަ ނިންމާލާ ސާފު އިއުލާނެއްކޮށް އެގޮތަށް އަމަލުކޮށްފިނަމަ، ވަގުތުން މަޝްވަރާއަށް ގޮސް ހުރިހާ ގައިދީން ދޫކޮށްލުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދަން ތައްޔާރުކަމަށް ވެސް ހަމާސްއިން ހާމަ ކުރެ އެވެ.