
އިސްރާއީލުން ރާވާފައިވާ ޕްލޭން ހާމަކޮށްފި
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ބައެއް ހިފުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭން އިސްރާއީލުގެ ފިނޭންސް މިނިސްޓަރު އަދި ހުޅަނގު އައްސޭރީގެ ޑިފެކްޓޯ ”ގަވަރުނަރު“ ބެޒާލެލް ސްމޮޓްރިޗް ހާމަކޮށްފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސްމޮޓްރިޗް ހާމަކޮށްފައިވާ ޕްލޭންގައިވާ ގޮތުން ހުޅަނގު އައްސޭރީގެ 82 ޕަސެންޓް އިސްރާއީލުން އަތުލުމަށް ވަނީ ކަނޑައަޅާފަ އެވެ.
މިޕްލޭން ތަންފީޒުކުރަން ފެށުމާއެކު، އިސްރާއީލުގެ ކޮންޓްރޯލުން ބޭރުގައި އޮންނާނީ، ޖެނިން، ޓޫލްކަރަމް، ނަބްލޫސް، ރަމަالله، ޖެރިކޯ އަދި ހެބްރޯން. މީގެއިތުރުން ދިހަވަރަކަށް ރަށާއި ގިނަ އަވަށްތަކެއް ރަސްމީކޮށް ހިފުމަށް ވަނީ ކަނޑައަޅާފަ އެވެ.
އޭނާ ބުނެފައިވަނީ، އެއީ ޑިފެންސް މިނިސްޓްރީ އާއި ސެޓްލްމަންޓް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށް ފައިނަލް ކޮށްފައިވާ ޕްލޭނެއް ކަމަށެވެ.



