
ޔޫރަޕްގެ ބަނދަރުތަކުގެ މަސައްކަތްތެރިންގެ އިންޒާރެއް އިސްރާއީލަށް
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ ފްލީޓަށް ނުރައްކަލެއް ކުރިމަތި ކޮށްފިނަމަ އެކަމުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ޔޫރަޕްގެ ބަނދަރުތަކުގެ މަސައްކަތްތެރިން ދީފި އެވެ.
ބާސެލޯނާ، ސިސިލީ، ގްރީސް އަދި ޓިއުނީޝިއާގެ ބަނދަރުތަކުން ޣައްޒާއާ ދިމާއަށް ދަތުރުކުރާ، 50 އުޅަނދަށް ހުރަސްއަޅާ، މި ފްލީޓަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އިސްރާއީލަށް ހުރިހާ މަގެއް ބަންދުކޮށް، ޔޫރަޕްގެ ބަނދަރުތަކުން އިސްރާއީލަށް ކަނޑު މަގުން ކުރާ ހުރިހާ ދަތުރުފަތުރު ހުއްޓުވާނެ ކަމަށް ޔޫރަޕްގެ ބަނދަރުތަކުގެ މަސައްކަތްތެރިން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.