
އެމެރިކާގެ ކޮންގްރެސްގައި އޮތް އިސްރާއީލުގެ ވަރުގަދަ ނުފޫޒު ގެއްލިއްޖެ – ޓްރަމްޕް
މީގެ 15 އަހަރު ކުރިން ފެށިގެން އެމެރިކާގެ ކޮންގްރެސްގައި އިސްރާއީލުގެ ވަރުގަދަ ލޮބީއެއް އޮތް ނަމަވެސް މިހާރު އެ ނުފޫޒު ގެއްލިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ ބުނެފައިވަނީ އިސްރާއީލަކީ އަހަރެން މިހާތަނަށް ދުށް އެންމެ ވަރުގަދަ ލޮބީ ކަމަށާއި އެމީހުންގެ އަތުގައި ކޮންގްރެސްގެ މައްޗަށް މުޅިން ކޮންޓްރޯލް އޮތްކަމަށާއި އެކަމަކު މިހާރު އެކަން ގެއްލިއްޖެ ކަމަށެވެ.
ޓްރަމްޕް އިތުރަށް ބުނެފައިވަނީ އިސްރާއީލުން އަސްކަރީ ބާރާއެކު ހަނގުރާމަ ކާމިޔާބު ކުރަމުން ދިޔަނަމަވެސް ޢާންމުންގެ ތާޢީދު ހޯދުމުގައި ދަނީ ބަލިވަމުން ކަމަށެވެ.
ޓްރަމްޕް ފާހަގަކުރި ގޮތުގައި، އޭނާގެ ރިޔާސީ ދައުރުގައި މިހާތަނަށް އިސްރާއީލަށް ދިން މިންވަރުގެ އެހީތެރިކަން މީގެކުރިން އެމެރިކާގެ އެއްވެސް ރައީސަކު އިސްރާއީލަށް ދީފައި ނުވާ ކަމަށާއި، އީރާނާ ދެކޮޅަށްދޭ ހަމަލާތަކަށް ތާއީދުކުރުން ހިމެނޭ ގޮތަށް އިސްރާއީލަށް ތާއީދު ކުރުމަކީ ވެސް އެމެރިކާގެ ރައީސުންގެ ފަރާތުން މީގެ ކުރިން ނުފެންނަ ކަމެއް ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ސިޔާސީ މައިދާނަށް އައި ބަދަލުތަކަށް އިޝާރާތްކޮށް، އެމެރިކާގެ ސިޔާސީ ބޭފުޅުން ކުރިން ޖެހިލުންވި ނަމަވެސް، އިސްރާއީލަށް ފާޑުކިޔަން މިހާރު ބިރު ނުގަންނަކަން ޓްރަމްޕް ފާހަގަކުރި އެވެ.