
އިސްރާއީލުގައި ހަތިޔާރު ގެންގުޅުމުގެ ލައިސަންސް ފަސް ސިޓީއަކާއި ލޯކަލް ކައުންސިލަކަށް އިތުރުކޮއްފި
އިސްރާއީލުގައި ޕާސަނަލް ފަޔަރއާމް ލައިސަންސް ނުވަތަ އަމިއްލަ ފަރާތްތަކަށް ހަތިޔާރު ގެންގުޅުމުގެ ލައިސަންސް ދޫކުރާ އާބާދީތަކުގެ ލިސްޓަށް ފަސް ސިޓީއަކާއި ލޯކަލް ކައުންސިލެއް އިތުރުކޮށްފައިވާ ކަމަށް ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު ބުނެފި އެވެ.
އަލަށް ހިމެނުނު ސަރަހައްދުތަކުން ގާތްގަނޑަކަށް އެއްލައްކަ މީހުން ޝަރުތު ހަމަވާނެ ކަމަށް މިކަން އިޢުލާން ކުރުމުން، މިކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ ޢަމާޒުވެފަ އެވެ.
ނަތަންޔާހޫ ސަރުކާރުގައި ހިމެނޭ، ޔަހޫދީންގެ އެންމެ ހަރުކަށި ކަނާތުފިޔައިގެ ޔަހޫދީ ޕަވަރ ޕާޓީގެ ލީޑަރު ބެން ގްވިރްގެ މި ފިޔަވަޅު ދިފާއު ކުރަމުން ބުނެފައިވަނީ، މިހާރު ކުރިއަށް ގެންދާ އިސްލާހުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށާއި، އަމާޒަކީ އިސްރާއީލުގެ ގާނޫނަށް ތަބާވެ، ރައްޔިތުންނަށް އަމިއްލަ ނަފްސާއި މުޖުތަމައު ދިފާއު ކުރުމުގެ ފުރުސަތު ދިނުން ކަމަށްެވެ.
ޣައްޒާ ހަނގުރާމަ ފެށުމާއެކު އޭނާ އިސްވެހުރެ ތައާރަފްކުރި ހަތިޔާރުގެ ސިޔާސަތުގެ ދަށުން 230،000 އަށް ވުރެ ގިނަ މީހުންނަށް މުޅިން އަލަށް ވަނީ ހަތިޔާރު ގެންގުޅުމުގެ ލައިސަންސް ވަނީ ދޫކޮށްފަ އެވެ.