
އެމެރިކާގައި ހަމާސް އަށް ތާޢީދުކުރާ ޒުވާނުންގެ އަދަދު %60 އަށްވުރެ އިތުރު
އިސްރާއީލު ދައުލަތަށްވުރެ ބޮޑަށް، ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ “ހަމާސް ޖަމާޢަތަށް” ތާޢީދުކުރާ ޒުވާނުންގެ އަދަދު އެމެރިކާގައި %60 އަށްވުރެ އިތުރު ކަމަށް، އެމެރިކާގެ ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިކޮށްގެން ހެދި ސާރވޭއަކުން ދައްކައިފި އެވެ.
އެމެރިކާގެ ލީޑަރޝިޕާ ޙަވާލުވާން ތިބި ޒުވާނުންގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ހުރުމަކީ، ކުރިމަގުގައި ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް އެމެރިކާގެ ސިޔާސީ މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.