
އދ ގެ ފަރާތުން ނެރުނު ރިޕޯޓް އަނބުރާ ގެންދިއުމަށް އިސްރާއީލު ސަރުކާރުން އދ އަށް ގޮވާލައިފި
ޣައްޒާއިން ކާބޯ ތަކެތި ހުސްވެ ބަނޑަށްޖެހިފައިވާ ކަމުގެ އިންޒާރުދީ އދ ގެ ފަރާތުން ނެރުނު ރިޕޯޓް އަނބުރާ ގެންދިއުމަށް އިސްރާއީލު ސަރުކާރުން އދ އަށް ގޮވާލައިފި އެވެ.
ޣައްޒާއިން ކާބޯ ތަކެތި ހުސްވެ ބަނޑަށްޖެހިފައިވާ ކަމުގެ އިންޒާރުދީ އދ ގެ ފަރާތުން ނެރުނު ރިޕޯޓް އަނބުރާ ގެންދިއުމަށް އިސްރާއީލު ސަރުކާރުން އދ އަށް ގޮވާލައިފިމި ޑިމާންޑް އިސްރާއީލު ސަރުކާރުން ކޮށްފައި މިވަނީ، ބަނޑުހައިހޫނުކަމާ ބެހޭ ގޮތުން ނެރުނު އިންޒާރުގެ ރިޕޯޓްގައި، ޣައްޒާގެ އިންސާނީ ހާލަތު ގޯސްވަމުންދާ ކަމާއި، މިހާރު ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި އެ ސަރަހައްދުގައި އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން އެތައް ލައްކަ ރައްޔިތުންނަށް ބަނޑުހައިހޫނުކަމުގެ ބޮޑު ނުރައްކަލެއް އޮތް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ އެވެ.
އދ ގެ ފަރާތުން ނެރުނު ރިޕޯޓް ދޮގުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ޣައްޒާގެ ބަނޑުހައިހޫނުކަން ފެތުރިފައިވާ ކަމުގެ އިންޒާރުދީ އދ ގެފަރާތު ނެރުނު މިރިޕޯޓަކީ، މިހާތަނަށް އދ ގެ ފަރާތުން ރަސްމީކޮށް މިފަދަ އިއުލާނެއް މެދުއިރުމަތީގައި ކުރި ފުރަތަމަ ފަހަރުކަން މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ.