
އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާ “ޖުވްސް ވޮއިސް ފޯރ ޕީސް” އިން އެމެރިކާގެ ސެންފްރެންސިސްކޯގައި މުޒާހަރާ ކޮށްފި
އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާ “ޖުވްސް ވޮއިސް ފޯރ ޕީސް” އިން އެމެރިކާގެ ސެންފްރެންސިސްކޯގައި މުޒާހަރާ ކޮށްފި އެވެ.
ބޮމުގެ ބަދަލުގަ އިންސާނީ އެހީ ފޮނުވުމަށް މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާ ސަރުކާރަށް ގޮވާލާފަ އެވެ.
ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ މައްސަލަ ހުއްޓުވުމަށް އެދި މުޒާހަރާގެ ބައިވެރިންވަނީ، ސެންފްރެންސިސްކޯގެ ސެނެޓަރު އެލެކްސް ޕެޑިލާގެ އޮފީސް ކައިރިއަށް ވެސް އެއްވެފަ އެވެ.
ޖްވްސް ވޮއިސް ފޯރ ޕީސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާތައް ސެންފްރެންސިސްކޯގެ އިތުރުން ލޮސްއެންޖެލިސް، ސެކްރެމެންޓޯ، އަދި ސެން ޑިއޭގޯގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޞުލްހައަށް އަޑުއުފުލާ ޔަހޫދީންގެ އެންމެ ނުފޫޒުގަދަ އެއް ޖަމާޢަތުން މިމުޒާހަރާ ބާއްވާފައި މިވަނީ، ދާދި ފަހުން އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމާ ދެކޮޅަށް ނެގުނު ވޯޓްގައި، ވޯޓު ދިން ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް މެމްބަރުންނަށް ޕްރެޝަރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.