ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕާލަމެންޓްރީ ޕްރޮސެސް ފެށުމަށް ކްރޮއޭޝިއާގެ ރައީސް ގޮވާލައްވައިފި

ފަލަސްތީނަކީ ސިޔާދަތާއި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕާލަމެންޓްރީ ޕްރޮސެސް ފެށުމަށް ކްރޮއޭޝިއާގެ ރައީސް ޒޯރާން މިލަނޮވިޗް ގޮވާލައްވައިފިއެވެ.

އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވާ ގޮތުން ކްރޮއޭޝިއާއިން  މިފިޔަވަޅު އަޅަން ނިންމީ، ފަލަސްތީނުގަ ހިނގަމުންދާ ހަނގުރާމައާއި ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ނިމުމަކަށް އަންނަންޖެހޭ ކަމަށް ކްރޮއޭޝިއާއިން ޤަބޫލުކުރާތީއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން މިލަނޮވިޗް ވަނީ ޣައްޒާގެ އާންމު ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، ޣައްޒާ މުޅިން ހިފުމަށް އިއުލާންކުރި ހިސާރުކުރުމުގެ ޕްލޭން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މިލަނޮވިޗް ވިދާޅުވީ، ވީހާވެސް އަވަހަކަށް ކްރޮއޭޝިއާ އިން ފަލަސްތީން ބަލައިގަތުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާނެ ކަމަށާއި ކްރޮއޭޝިއާގެ ޕާލަމެންޓުގައި ފަލަސްތީން ބަލައިގަތުމުގެ ޕްރޮސެސް ފެށުމަށް ރިޕަބްލިކް އޮފް ކްރޮއޭޝިއާ ދައުލަތުގެ މައްޗަށް އިލްތިމާސް ކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.