
ޤަޠަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގެ ޚުލާޞާ
* ހަނގުރާމަ ނިމެންދެން އަޅުގަނޑުމެން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން. މިކަމުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް އަޅުގަނޑުމެން މަރުޙަބާ ކިޔަން.
* ސުލްހައިގެ މޭޒުގައި އޮތް، ހަމާސްއިން ބަލައިގަނެފައިވާ ހުށަހެޅުމަށް އިޒްރޭލުން ޖަވާބެއް ދޭކަށް ބޭނުމެއް ނޫން.
* ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަޅުގަނޑުމެން ގޮވާލަނީ އިސްރާއީލަށް ޕްރެޝަރު ކުރުމަށް.
* ހަމާސްއިން އެއްބަސްވެފައިވާ ކަންކަމަކީ އިސްރާއީލުން އެއްބަސްވެފައިވާ ކަންކަން.
* އެ ބޯޅަ މިހާރު އޮތީ އިޒްރޭލުގެ ކޯޓުގަ. އެ ކޯޓުން ފެންނަނީ އެއްބަސްވުމަކަށް އައުމަށް ބޭނުން ނުވާ މަންޒަރު.
* މިހާރު މޭޒުމަތީގައި އޮތް ހުށަހެޅުމަށް އިސްރާއީލުން ޖަވާބުދާރީވާން ޖެހޭއިރު، އެކަން ކުރަން އިސްރާއީލް ބޭނުން ނުވާ ކަމަށް ގަބޫލުކުރެވެނީ.
* ބިންމަތީގައި އިސްރާއީލުގެ ބާރުގަދަކަން ފުޅާވަމުންދާއިރު، އެކަމުގެ ސަބަބުން ހެޔޮ ނަތީޖާއެއް ނުފެންނާނެ.
* އަޅުގަނޑުމެން އިސްރާއީލުގެ މީޑިއާ ބަޔާންތައް ސީރިއަސްކޮށް ނުނަގަން، އެ ހުށަހެޅުމަށް ރަސްމީ ޖަވާބެއް ލިބޭނެ އިންތިޒާރުގައި މިތިބީ.
* އަޅުގަނޑުމެން މިދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ހުރިހާ ފަރާތްތަކާ މުއާމަލާތް ކުރަމުން.
* އިސްރާއީލުގެ ރަސްމީ ޖަވާބެއް ލިބިފައި ނުވާއިރު، ބަލައިގަތުމާއި ދެކޮޅުހެދުމެއް ވެސް އަދި ބަދަލު ހުށަހެޅުމެއް ވެސް ލިބިފައެއް ނުވޭ.
* މެދުވެރިންގެ މެދުގައި މުއާމަލާތްތައް ކޮންމެ ދުވަހަކުވެސް ހިނގަމުންދާއިރު، އަޅުގަނޑުމެން އިސްރާއީލަށް ބާރުއަޅަނީ ޖަވާބުދާރީވެ، މައްސަލަ ސީރިއަސްކޮށް ނެގުމަށް.