
އީރާނަށް ދަތުރުކުރި ޑިޕްލޮމެޓެއްގެ ލަގެޖުން މުއާޞަލާތީ އާލާތްތަކެއް އަތުލައިގަނެފި
އީރާނަށް ދަތުރުކުރި ޑިޕްލޮމެޓެއްގެ ލަގެޖުން މުއާޞަލާތީ އާލާތްތަކެއް އަތުލައިގަނެފި އެވެ.
އީރާނަށް ދަތުރުކުރި ބޭރުގެ ޑިޕްލޮމެޓެއްގެ ލަގެޖުން ސެޓެލައިޓް ފޯނާއި ސްޓާލިންކްގެ ޑިވައިސްތަކެއް އަތުލައިގަނެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.
އީރާނުން ބުނީ މިއީ އީރާނުގެ އެތެރޭގެ ހަމަޖެހުން ނަފާލުމަށް ސީއައިއޭ އާއި މޮސާޑުން ޔޫރަޕްގެ ޑިޕްލޮމެޓުން ބޭނުންކޮށްގެން ހިންގާ ޓެރަރިޒަމްގެ ޢަމަލެއް ކަމަށެވެ.
މިދިޔަ މަހު ވެސް އީރާނަށް ދަތުރުކުރި ޑަޗް ޑިޕްލޮމެޓެއްގެ ސޫޓްކޭސް އިމާމް ޚާމަނާއީ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތީ އެ ސޫޓްކޭސް އެކްސްރޭ ހަދަން ދެކޮޅު ހެދުމުންނެވެ.
އެއަށްފަހު އެމައްސަލަ ކުރިއަށް ނުގެންގޮސް ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.



