އީރާނަށް ހަމަލާ ނުދިނުމަށް ޕެންޓަގަނުން ޓްރަމްޕަށް އިލްތިމާސް ކޮށްފި

އީރާނަށް ހަމަލާ ނުދިނުމަށް ޕެންޓަގަނުން ޓްރަމްޕަށް އިލްތިމާސް ކޮށްފި އެވެ.

އީރާނުންދޭ ރައްދު ހަމަލާތަކުން ސަރަހައްދީ ގައުމުތަކަށާއި އެމެރިކާގެ ލަޝްކަރުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އީރާނަށް ހަމަލާ ދިނުން ރައްކާތެރި ނޫންކަމަށް އެމެރިކާގެ ދިފާޢީ މަރުކަޒު ޕެންޓަގަނުން ރައީސް ޓްރަމްޕަށް އިލްތިމާސްކޮށްފި ކަމަށް ވޯލްޑް ސްޓްރީޓް ޖާނަލްއިން ރިޕޯޓް ކޮށްފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޑަބްލިޔޫއެސްޖޭ އިން ބުނީ، އީރާނާ ދެކޮޅަށް ދިގުދެމިގެންދާ އަސްކަރީ ހަނގުރާމައެއް ކުރުމުގެ ނުރައްކާތަކާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޕެންޓަގަން އިން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އެމީހުން އިންޒާރު ދެނީ ހުށަހަޅާފައިވާ ހަނގުރާމައިގެ ޕްލޭންތަކުގެ ސަބަބުން އެމެރިކާއާއި އިއްތިހާދުގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރަށް، ގިނަ އަދަދެއްގެ ސިފައިން މަރުވެ، ވައިގެ ދިފާއީ ނިޒާމު ހުސްވެ، އަންދާޒާ ނުކުރެވޭހާ ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.

މި ކަންބޮޑުވުންތައް ފުރަތަމަ ފާޅުކޮށްފައިވަނީ ޑިފެންސް ޑިޕާޓްމަންޓާއި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޖޮއިންޓް ބައްދަލުވުންތަކުގައި ޖެނެރަލް ޑޭން ކޭންއެވެ.
ޕެންޓަގަންގެ މިހާރުގެ އޮފިޝަލުންނާއި ކުރީގެ އޮފިޝަލުން ވެސް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ ކަމަށް ވޯލްޑް ސްޓްރީޓް ޖާނަލްއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.