
އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފިނަމަ އެންމެ ހަރުކަށި އަދަބު ދޭނަން – އުތުރު ކޮރެއާގެ ލީޑަރ
އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފިނަމަ އެންމެ ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އުތުރު ކޮރެއާގެ ލީޑަރު ކިމް ދެއްވައިފި އެވެ.
ކިމް ޖޮންގް އުން ހާމަކުރެއްވި ގޮތުގައި މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރުމާއި، ޤުރުއާނާއި އިސްލާމް ދީނަށް ބަދުބަސް ބުނުން އުތުރު ކޮރެއާއިން ކުޑަކޮށްވެސް ތަހައްމަލު ނުކުރާނެ ކަމަށާއި، އެއީ އެންމެ ބޮޑެތި އަދަބު ލިބޭނެ ކުށްކަމަށެވެ.
“އިސްލާމްދީނަށާ ރަސޫލާއަށް ނުވަތަ ޤުރުއާނަށް ފުރައްސާރަކުރާ ކޮންމެ މީހަކަށް އެންމެ ހަރުކަށި އަދަބު ލިބޭނެ. އުތުރު ކޮރެއާއިން އިސްލާމްދީނަށް އިޙްތިރާމް ކުރާއިރު މުޙައްމަދު ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަ ކުރުމުގެ ފުރުޞަތު ނުދޭނަން” ކިމް ވިދާޅުވިއެވެ. އުތުރުކޮރެއާގެ އިތުރުން ވޭތުވެދިޔަ އަހަރު ރަޝިޔާގައި ވެސް ވަނީ، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ މަރުގެ އަދަބު ލިބޭނެ ކުށެއް ކަމަށް ކަނޑައަޅާފަ އެވެ.



