
އެމެރިކާއިން ކިއުބާ އާއި ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ރަޝިޔާއިން މުގުރާލައިފި
އެމެރިކާއިން ކިއުބާ އާއި ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ރަޝިޔާއިން މުގުރާލައިފި އެވެ.
ކިއުބާ އާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ”ފިއުލް ބްލޮކޭޑް“ މުގުރާލުމަށްފަހު ރަޝިޔާގެ ތެޔޮ ޓޭންކަރު ”ސީ ހޯސް“ ކިއުބާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
200،000 ފީފާގެ ތެޔޮ އުފުލާ ރަޝިޔާގެ ތެޔޮ ޓޭންކަރު ކިއުބާއަށް ދަތުރުކޮށްފައިވަނީ، ރަޝިޔާގެ އަސްކަރިއްޔާގެ ފުރިހަމަ ހިމާޔަތުގައެވެ.
ކިއުބާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ފިއުލް ބްލޮކޭޑްގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. ތެލުގެ މިޝިޕްމަންޓް ނުލިބިއްޖެނަމަ ގައުމުގެ ހުއްޓުމަކަށް އަންނާނެ ކަމުގެ އިންޒާރު ވެސް އެފަރާތްތަކުން ވަނީ ދީފަ އެވެ.



