
އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް ޓްރަމްޕް ބުނެފި
އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ.
”ސުލްހަވެރިކަމާއެކު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ބަޑިޖަހާ އަނިޔާވެރިކަމާއެކު އަމަލުކޮށް މީހުން މަރާނަމަ އެމެރިކާއިން އެމީހުންގެ ސަލާމަތަށް ދާނެ. އަހަރެމެން މިތިބީ ދާން ތައްޔާރަށް” ރައީސް ޓްރަމްޕް ވަނީ ބުނެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރުމަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ހިތްވަރުދީ ވާހަކަދައްކާފަ އެވެ.
ޓްރަމްޕާއި ނަތަންޔާހޫގެ ވާހަކަތަކުގެ ރައްދުގައި އީރާނުން ބުނެފައިވަނީ، އީރާނުގެ އެތެރޭގެ މައްސަލަތަކަށް ބޭރުގެ އެއްވެސް ނުފޫޒެއް ވަނުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، އީރާނުގެ މައްސަލަތައް އީރާނުން ހައްލުކުރާނެ ކަމަށެވެ.



