ޓްރަމްޕް ދިން އިންޒާރަށް އީރާނުން ގޮންޖަހައިފި

އަސްކަރީ ހަމަލާ ދޭނެކަމަށްބުނެ ޓްރަމްޕް ދިން އިންޒާރަށް އީރާނުން ގޮންޖަހައިފި އެވެ

އީރާނުން އަސްކަރީ ޤާބިލުކަން އިތުރުކޮށް، މިސައިލް ޕްރޮގްރާމާއި ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ ވަރުގަދަ އަސްކަރީ ހަމަލާތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށްބުނެ ޓްރަމްޕް ދިން ހަރުކަށި އިންޒާރަށް ރައްދުދީ އީރާނުން ޓްރަމްޕަށް ގޮންޖަަހައިފި އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީރާނުން ބުނެފައިވަނީ، ޓްރަމްޕްގެ އިންޒާރުގެ އަޑުއިވިއްޖެ ކަމަށާއި، އެފަދަ ހަމަލާއަކަށް އީރާނުން ދޭނީ އެމެރިކާ ހިތާމަކުރަންޖެހޭ ފަދަ ހަރުކަށި ޖަވާބެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑްޓްރަމްޕާއި އީރާނުގެ ލީޑަރުންނާ ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހޫނު ހަމަލާތަކާއެކު މަޝްރަޙް ވަރަށް ބޮޑަށް ހޫނުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމާމެދު މަޝްވަރާ ވެސް ނުކުރެވޭނެ ކަމަށާއި، އަސްކަރީ އެއްވެސް ހަމަލާއެއް ދީފިނަމަ މާހަރުކަށި ރައްދެއް ދޭނެކަމަށް  އީރާނުގެ ރައިސް ޕެޒެންސްކިއަން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.