
ޙަމާސްގެ ހަތިޔާރު ނައްތައެއް ނުލާނަން- ޙަމާސްގެ ލީޑަރ
ޙަމާސްގެ ހަތިޔާރުތައް ނައްތާނުލާނެ ކަމަށާއި ޙަމާސްގައި ބޭރުގެ އެއްވެސް ބާރަކުން ވެރިކަންކުރަން ފުރުސަތު ނުދޭނެ ކަމަށް ހަމާސްގެ ލީޑަރު ޚާލިދު މަޝާލް ވިދާޅުވެއްޖެއެވެ.
“އަޅުގަނޑުމެންގެ ހަތިޔާރު ނައްތާލާ، ޣައްޒާގެ ކޮންޓްރޯލް ބޭރުގެ އެއްވެސް ފަރާތަކާ ހަވާލުކުރަން އެއްބަހެއް ނުވެވޭނެ” ޚާލިދު މަޝާލް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ، ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށް ހަމާސް އިން ދެކޮޅު ހަދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ތުރުކީގެ އިސްތަންބޫލްގައި “ޕްލެޖް ޓު ގުދުސް“ ގެ ނަމުގައި ޙަމާސްގެ ލީޑަރު ޚާލިދު މަޝާލް ދެއްވި ޚިޠާބުގައި ވިދާޅުވީ، ޣައްޒާގެ ކޮންޓްރޯލް ބައިނަލްއަޤްވާމީ ބާރަކަށް ދޫކޮށްލުމާއި، ހަމާސްގެ ހަތިޔާރު ހަވާލުކުރުމަށް މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.



