ވެނެޒުއެލާގެ ރައީސް ޤައުމު ދޫކޮށް ދިއުމަށް އެމެރިކާއިން މުހުލަތުދީފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއިލާއާއެކު ވެނެޒުއެލާ ދޫކޮށްލުމަށް ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޓްރަމްޕް މުހުލަތު ދީފި އެވެ.

އެގޮތަށް އަމަލުކޮށްފިނަމަ މަޑޫރޯއަށް ރައްކާތެރިކަން ދޭނެކަމަށް ވަނީ ހުށަހަޅާފަ އެވެ.
ވެނެޒުއެލާ އާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށައެޅި ޝަރުތުތަކަށް މަޑޫރޯ ވަނީ ދެކޮޅު ހައްދަވާފައެވެ. މިކަމުގެ ސަބަބުން ޓެންޝަންތައް އިތުރުވެ، ޓްރަމްޕް ވަނީ ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކަން އިއުލާން ކޮށްފަ އެވެ.
އެމެރިކާގެ ޕްރެޝަރާއި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާއިރު، ރައީސް މަޑޫރޯގެ ސްޓޭންޑް ވަނީ ވަރުގަދަވެފައެވެ. އެމެރިކާގެ ބިރުދެއްކުންތަކަށް ބެލުމެއްނެތި ވެނެޒުއެލާގެ ދިފާޢުގަ ފަހުވަގުތާއި ހަމައަށް އަސްކަރީ ކޮމާންޑަރުގެ ގޮތުގައި ދެމިހުންނާނެ ކަމަށް ވަނީ ވަޢުދުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.