
ޣައްޒާގައި އެކުލަވާލާ ބައިނަލްއަޤްވާމީ ފޯސްގައި ބައިވެރިވާން ޝައުޤުވެރިވާ ކަމަށް ޕާކިސްތާނުން ބުނެފި.
ޣައްޒާގައި ޤާއިމްކުރާ ބައިނަލްއަގްވާމީ ސްޓެބިލައިޒޭޝަން ފޯސްގައި ބައިވެރިވާން ތައްޔާރުކަމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އިސްހާގު ދާރު ވިދާޅުވެއްޖެ އެވެ.
ޕްރައިމް މިނިސްޓަރ ވަނީ، ޣައްޒާގައި ސުލްހަ ގާއިމް ކުރުމުގެ މަސައްކަތްތަކުގައި ޕާކިސްތާނުން ބައިވާން ތައްޔާރު ނަމަވެސް، ހަމާސްގެ ހަތިޔާރު ނައްތާލުމުގައި ޕާކިސްތާނުގެ ސިފައިން ބައިވެރި ނުވާނެ ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ.
ނިންމުންތައް ބިނާވެފައި އޮންނާނީ އެ ފޯސްގެ މެންޑޭޓަށް ކަމަށްވާއިރު، އިންޑޮނޭޝިއާ އިން ވެސް ވަނީ، ޞުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރިވި ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަތިޔާރު ނައްތާލުމުގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.



