
ޣައްޒާ ބޯޑަރ ކައިރީގައި އެމެރިކާއިން އަސްކަރީ މަރުކަޒެއް އަޅަނީ
ޣައްޒާ ބޯޑަރާ ކައިރީގައި އެމެރިކާއިން 500 މިލިއަން ޑޮލަރުގެ އަސްކަރީ މަރުކަޒެއް ހަދަން ނިންމައިފި އެވެ.
ފަލަސްތީނުގެ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ބެލުމަށް ކަމަށްބުނެ، ޣައްޒާގެ ބޯޑަރު ކައިރީގައި 500 މިލިއަން ޑޮލަރުގެ އަސްކަރީ މަރުކަޒެއް ހަދަން އެމެރިކާއިން ނިންމާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.
އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ދުވަހު ނޫސް ޔެޑިއޮތު އަހްރޮނޮތު އިން ބުނީ، ވޮޝިންޓަނުން މަސައްކަތް ކުރަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ބޮޑު އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ކަމަށާއި އެއާއެކު ”އެސަރަހައްދުގައި އެމެރިކާގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވާނެ“ ކަމަށެވެ.
އެ ބޭސްގައި ބައިނަލްއަޤްވާމީ ޓާސްކް ފޯހެއްގެ އިތުރުން، އެމެރިކާ ސިފައިންގެ އެތައް ހާސް ބަޔަކު އެސަރަހައްދު މޮނިޓަކުރަން ތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.



